Tuesday, March 11, 2008

Mamma Dharifulhu Naa Na Naa 21

ދޮންބެއާއި ދިމާއަށް ބަލަން އިރުކޮޅެއް ވަންދެން އަހަރެން ހުރީމެވެ. އުފާވާންވެސް، ދެރަވާންވެސް ނޭންގިފައެވެ.
'އޭ ކޮންޅާއެއް؟' އަހަރެން ދޮންބެއާ ދިމާއަށް ބަލަހައްޓާއިގެން ހުރިތަން ފެނުމުން ރިލުވާނު އެހިއެވެ.'
'ނޭންގެ!' އަހަރެން އަވަސް އަވަހަށް ބުނީމެވެ.
'ކޭގެ ބޭބެ ދޯ... ވަރަށް ވައްތަރު ކޭ އާ.'
އަހަރެން ރިލުވާނުގެ ސުވާލަށް ޖަވާބެއް ނުދީ ގެއަށް ދިއުމަށްޓަކައި ހިނގައިގަތީމެވެ. ރިލުވާނުވެސް އަހަރެންނާ އެކުއެކީ ހިނގައިގަތެވެ. ދޮންބެ ކަރިއަށް ދާކަށް އަހަރެން ބޭނުމެއް ނުވިއެވެ. މިއޮއް ހުރިހައި ދުވަސް ވީއިރުވެސް ހަރެން ދިރި ހުރިތޯ ނޫނީ މަރުވީތޯވެސް ދޮންބެ ބަލާ ނުލައެވެ. އެހެން އެކަކަު އަހަރެންގެ ހާލު ބަލާ ނުލިނަމަވެސް ދޮންބެ އަހަރެންނަށް ވާނުވާ ބަލާނެ ކަމުގައި އަހަރެން ކުރިން ހީކުރީމެވެ. އެކަމަކު މާމަޔާއެކު ރަށަށް ދިއުމުން، އެއީ އަހަރެންނަށް ކުރެވުނު ކުއްހީއެއްކަން އެނގުނެވެ. ދެވަނަ ފަހަރަށް އެފަދަ ކުށްހީއެއްގެ މައްޗަށް ބިނާކޮށް އުންމީދުތަކެއް އާލާކުރާކަށް އަހަރެން ބޭނުމެއް ނޫނެވެ. މިހައި ދުވަސްކޮށްފަ ދޮންބެ އަހަރެްނ ދެކެން އަންނަންވީ ކީއްވެހެއްޔެވެ؟ ތުއްތުބޭއާއި ބައްޕަގެ ފަރާތުންވެސް، އަހަރެން މާލޭގަ އުޅޭކަން ދޮންބެއަށް އޮންނާނީ އެނގިފައިކަން ގައިމެވެ. ވީއިރު މިހައި ދުވަސް ވީއިރުވެސް އަހަރެން ދެކިލަން ނާންނަންވީ ސަބަބެއް ކޮބާ ހެއްޔެވެ؟ މިއަދު ދޮންބެ އައިސް އެހުރީ އަޒޫމިސް އަހަރެންނާ ކުލާހުން ދިމާވިވާހަކަ ބުނީމަކަން އަހަރެންނށް ގައިމެވެ.
'ފައުޒީ ކޮއްކޯ!' އަހަރެން ދޮންބެއާ ދުރަށް ހިނގައިގަތުމުން ދޮންބެ ގޮވާލިއެވެ.
އަހަރެންގެ ހިތް އަސަރުން ފުރިގެން ދިޔައެވެ. ދޮންބެ އަހަރެންނަށް ގޮވާލުމުންނެވެ. ކުރިގެ އެތައް ހަނދާންތަކެއް އެއްފަހަރާ އާވެގެން ދިޔައެވެ. ދޮންބެގެ އަޑުގައި ވަނީ ހަމަ އެ އޯގާތެރިކަމެވެ. ބޭބެއަކު ކޮއްކޮއެއްދެކެ ވާ ލޯބީގެ އަސަރެވެ. އަހަރެން ހިނގުން ބާރުކޮށްލީމެވެ.
'ފައުޒީ ކޮއްކޯ!... މަޑުކޮށްބަލަ!' ދޮންބެ އަނެއްކާވެސް ގޮވާލިއެވެ. އަދި އަހަރެންގެ ފަސްފަހަތުން ހިނގާފައި އަންނަކަމުގެ އިހުސާސް އަހަރެންނަށް ކުރެވުނެވެ.
އަހަރެން ކުރިއަށްވުރެވެސް ހިނގުން ބާރުކޮށްލީމެވެ. އަހަރެންގެ ހިތުގައި ދޮންބެއަށް އެއްވެސް ލޯތްބެއް ވާކަން ދޮންބެއަށް އަންގާކަށް އަހަރެން ބޭނުމެއް ނުވިއެވެ. އަހަރެން ބޭނުންވީ ދޮންބެއަކީ އަހަރެންގެ ދިރިއުޅުމަށް މިހާރު އެހާމުހިއްމު މީހެއް ނޫންކަން އަންގާށެވެ. އެކަމަކު އަހަރެން މިވަގުތު ދޮންބެއާއި ހަތަރުކަޅި ހަމަވެއްޖެނަމަ އަހަރެންނަށް ރޮވޭނެކަން ގައިމެވެ. އަހަރެން ދޮންބގެ ކުރިމަތީގައި ރޯކަށް ބޭނުމެއް ނޫނެވެ. އެއްވެސް މީހަކަށް އަހަރެން ރޮނިކޮށް ފެންނާކަށްވެސް އަހަރެން ބޭނުމެއް ނޫނެވެ. މިހާރު އެޒަމާން ހިނގައްޖެއެވެ. އެއީ ކުޑައިރެވެ. މިހާރު އަހަރެންނަކީ ކުޑަކުއްޖެއް ނޫނެވެ.
'ކީއްވެ ތިރޮނީ؟' އަހަރެންނާ އެއްވަރަށް ހިނގަމުން ރިލުވާނު އެހިއެވެ.
'މަށެއް ނުރޮން.' ލޯކައިރިން ކޯތާފަތްމަތީ އަތްޖައްސާލަމުން އަހަރެން ބުނީމެވެ. ލޮލުން ކަރުނަ ފައިބަމުން ދިޔަކަން އަހަރެންނަށް އިހުސާސް ކުރެވުނީ ދެނެވެ.
'އެއީ ކޮންޅާއެއްތަ؟' ރިލުވާނުގެ އަޑުގައިވަނީ ރުޅިވެރިކަމެވެ. 'އެޅާ ކޭއަށް ގޮތެއް ހެދީތަ؟'
އަހަރެން ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރާލީމެވެ.
'ކޭ ބުނޭ... އޭރުން އެޅާ މޮޅާލާނަން.' ރިލުވާނު ހުރީ ހަމަރަނގަޅަށްވެސް ރުޅިއައިސްފައެވެ.
'އެއީ މަގޭ ދޮންބެ.' އަހަރެން އެންމެފަހުން ބުނީމެވެ. ރިލުވާނު ގްރޫޕް ގޮވައިގެންގޮސް ދޮންބެއަށް ގޮތެއް ހަދާކަށް އަހަރެން ބޭނުމެއް ނުވިއެވެ.
'ދެން ކޭ ކީއްވެ އެޅާދެކެ ބިރުން ތި އުޅެނީ!'
'އަހަރެން ދޮންބެ ދެކެ ބިރެއް ނުގަނޭ... އެކަމަކު ދޮންބެއާ ވާހަކަ ދައްކާކަށް އަހަރެން ބޭނުމެއް ނޫން.' އަތުގެ ނުފުށުން ދެލޯ ފުހެލަމުން އަހަރެން ބުނީމެވެ.
'އެ ކިހިނެއްވީ؟' ރިލޫ އެހިއެވެ.
'ފަހުން ކިޔައިދޭނަން.' އަހަރެން ބުނީމެވެ.
'ފައުޒީ ކޮއްކޯ؟' ދޮންބެ އައިސް އަހަރެންގެ ކޮނޑުގައި ހިފެހެއްޓިއެވެ. އަހަރެން ހުއްޓުނީމެވެ.
'އޭ ތިޅާ އޭނަގެ ގައިން ދޫކޮށްލާ!' ރިލުވާނު ބުންޏެވެ.
'ތީ ކާކު؟' ދޮންބެ ވަރަށް ނަފުރަތުެ ރާގެއްގައި ބުންޏެވެ.
'އިޓްސް އޯކޭ ރިލޫ.' އަހަރެން ބުނީމެވެ.
ރިލުވާނު އަހަރެންގެ މޫނަށް ބަލާލިއެވެ. އަހަރެން ބޯޖަހާލީމެވެ. 'މިޅައި ކޭއަށް ކަމެއް ކޮއްފިއަޔާ މަކައިރީ ބުނާތި!' އެހެން ބުނުމަށްފަހު ރިލުވާނު ގެއަށް ދިއުމަށްޓަކައި ހިނގައިގަތެވެ.
'އެއީ ކާކު؟' ރިލުވާނު ދިއުމުން ދޮންބެ އެހިއެވެ.
'ކީއްކުރަން ދޮންބެ ތިއައީ؟' އަހަރެން ދޮންބެގެ ސުވާލަށް ޖަވާބު ދިނުމަކާ ނުލާ ސުވާލު ކުރީމެވެ.
ދޮންބެ އަހަރެންގެ ލޮލަށް ބަލާލިއެވެ. އެވަގުތު ދޮންބެގެ ލޮލުން ލޯތްބާއި ހަމްދަރުދީ އަހަރެންނަށް ފެނުނެވެ. 'މިއައީ ފައުޒީ ކޮއްކޮ ބަލާ.'
'މަށެއް ނުދާނަން!' އަހަރެން ދިމާލަށް ބުނީމެވެ. ނަމަވެސް އޭރު އަހަރެންގެ ލޮލަށް އަނެއްކާވެސް ކަރުނަތަށް ޖަމާވާން ފަށައިފިއެވެ.
'ދޮންބެއަށް އެނގޭ ކޮއްކޮ ތިހުރީ ރުޅިއައިއްސަކަން.'
'އަހަރެން ރުޅިއެއް ނާދޭ.' އަހަރެން ބެދިފައިވާ އަޑަކުން ބުނީމެވެ. 'އަހަރެން ކީއްވެ ރުޅިއަންނަންވީ... އަހަންނަށް ކޮން ހައްގެއް އޮތީ ދޮންބެ ދެކެ ރުޅިއައުމުގެ. އަހަންނަށް އެނގޭ މަށަކީ އެހައި މުހިއްމު މީހެއް ނޫންކަން.'
'ކާކު ބުނީ ކޮއްކޮ ތީ މުހިއްމު މީހެއް ނޫނޭ؟'
'މީހަކު ނުބުންޏަސް މަށަށް އެނގޭ... މިހާ ދުވަހު އެންމެނާ ވަކިން އުޅޭއިރު މަށަށްވެސް އެނގޭނެ އެއްނު.'
'ކޮއްކޮ ހާދަ ބޮޑެތި ވާހަކަ ދައްކައޭ ދޯ މިހާރު!'
'މަމީ ކުޑަކުއްޖެއް ނޫނޭ!' އަހަރެން ވަރަށް ބާރަށް ބުނީމެވެ.
'މަންމަވެސް ބޭނުންވާނެ ކޮއްކޮ ގެއަށް އަންނަން... މަންމަޔަކަށް ނޭންގޭ ކޮއްކޮ މާލޭގަ އުޅޭކަމެއް.'
'އެނގުނަސް ވަކި ކީއްތަވާނީ... މަންމަޔަށް ރަނަޅުވާނީ އަހަރެން މަންމަ ފެންނަ ހިސާބަށްވެސް ނުދިޔައްޔާ.'
'ތިހެން ހީކުރާކަށް ނުވާނެ... މަންމަ ކޮއްކޮދެކެވެސް ލޯބިވޭ.'
'އެއްވެސް ލޯތްބެއް ނުވޭ!' އަހަރެންގެ އަޑު އިރެއް އިރަކަށްވުރެ ބާރުވިއެވެ.
'ކީއްވެ މަންމަ ވަކި ކޮއްކޮދެކެ ލޯބު ނުވާންވީ.'
'މަށަކީ ހަރާންދަރިއެއްވީމަ!' އަހަރެން ހަޅޭއްލަވައިގަތީމެވެ. އަދި ފަސްއެނބުރި ވަރަށް ބާރަށް ހިނގައިގަތީމެވެ. މަގުމަތިން ދިޔަ އެތައް ބަޔަކު ހުއްޓި އަހަރެންނާ ދިމާއަށް ބަލަހައްޓައިގެން ތިއްބެވެ. އަހަރެން އެކަމަކާ އަޅައެއް ނުލަމެވެ. ދޮންބެ އެ ހުރިި ތަނުގައި ހުއްޓި ހުރީއެވެ. އަހަރެންނާ ދިމާއަށް ބަލަހައްޓައިގެން ކަންނޭންގެއެވެ.

=ނުނިމޭ=

Tuesday, February 5, 2008

Mamma Dharifulhu Naa Na Naa 20



ޝާޒިޔާ ދަންވަރު އަހަރެން ކައިރިއަށް އަންނަ އައުން ހުއްޓުނީ އޭގެ ދެރޭ ފަހުންނެވެ. އޭނާ އަހަރެންނާ ވާހަކަ ދެއްކުންވެސް މުޅީންހެން ހުއްޓާލިއެވެ. ދިމާވާ ކޮންމެ ފަހަރަކު ޝާޒިޔާގެ ލޮލުނަ އަހަރެންނަށް ނަފުރަތުގެ އަސަރު ފާޅުވެއެވެ. އޭނާ ކުއްލިއަކަށް އަހަރެންނާ ހުރިހައި ގުޅުމެއް ކަނޑާލަން ބޭނުންވި ކަހަލައެވެ. އެވީގޮަކާއިމެދު އަހަރެންގެ ހިތުގައި ސުވާލު އުފެދުނެވެ. އަހުމަދު ޝާޒިޔާާއާއި އެވާހަކަ ދެއްކީބާއެވެ ޝާއިޒިޔާ ވާހަކަދެއްކުން ހުއްޓާލުމުން އަހަރެންގެ ހިތަށް އުނދަގޫވާން ފެށިއެވެ. ވީ ކިހިނެއްކަން ޔަޤީން ނުވާތީއެވެ.
'ކިހިނެއްވެ މަށާ ވާހަކަ ނުދައްކަނީ މިހާރު؟' އަހަރެން އެންމެފަހުން ކެތްނުކުރެވިގެން އެހީމެވެ.
ޝާޒިޔާ އަނގަޔަކުން ނުބުންޏެވެ. ނަފުރަތުން ފުރިގެންވާ ނަޒަރަކުން އަހަރެންނަށް ބަލާލީއެވެ. އަހަރެމެން ތިބީ ސްކޫލުން ނިމިގެންއައިސް ކާމޭޒުދޮށުގައި ކާށެވެ. ސިޓިންގރޫމްގައި އެވަގުތު އެކަކުވެސް އިތުރު އެކަކުވެސް ނެތެވެ.
'މީހަކު އެއްޗެކޭ ބުނީތަ؟' އަހަރެން އަނެއްކާވެސް އެހީމެވެ.
ޝާޒިޔާ ދެންވެސް އަނގަޔަކުން ނުބުނެއެވެ. ތަށީގައިހުރި ބަތްކޮޅާ ކުޅެލަކުޅެލާ އިސްދަށަށް ޖަހައިގެން އިނީއެވެ.
'މަދެކެ ރުޅިއައިއްސަ ދޯ؟' އަހަރެން އެއްފަރާތަކަށް ބޯ އަރިކޮށްލުމަށްފަހު ޝާޒިޔާގެ މޫނަށް ބަލާލަމުން ބުނީމެވެ.
ޝާޒިޔާ ކުއްލިއަކަށް ގޮނޑިން ތެދުވިއެވެ. އަދި ބަދިގެއަށްވަދެ އަތްދޮވެލުމަށްފަހު، އަހަރެންނާދިމާއަށް ބަލާވެސްނުލާގޮސް ސިޑިން މައްޗަށް އެރިއެވެ.
އޭގެފަހުން އަހަރެން ކާންއިންނަ ގަޑިއެއްގައި ކާން ނައިސްވޭތޯ ޝާޒިޔާ ބަލައެވެ. އަހަރެންނާ ވާހަކަ ދެއްކުން ހުއްޓާލުމުގެ އިތުރުން އަހަރެން ފެންނަހިސާބަށް ނައިސް ވޭތޯ ބަލައެވެ.
އަހަރެން ހީކުރިގޮތާއި ޚިލާފަށް އަހަރެންނަށް ކޮންމެ ރެޔަކު ޝާޒިޔާ އަންނާނެ ކަމަށް އިންތިޒާރު ކުރެވެން ފެށުނެވެ. ބައެއްރޭރެއަށް އެތައް އިރެއްވަންދެން ނުނިދިފައި އޮންނަމެވެ. ޝާޒިޔާ އަންނާނެކަމުގެ އުންމީދުގައެވެ. އަހުމަދު ޝާޒިޔާއާއި އެވާހަކަ ދެއްކީ ކޮންގޮތަކަށްބާއެވެ.
'ޝާޒިޔާއާއި އެވާހަކަ ދެއްކީތަ؟' އަހަރެން އަހުމަދު ކައިރީ އެހީމެވެ
'ނޫނޭ! އަދި ނުދައްކަން...' އަހުމަދު ބުންޏެވެ. 'އަދި ނާހީއާއި އެވާހަކަ ދައްކާ ނުލެވިގެނަ މި އުޅެނީ...'
'އެހެންތަ؟'
'އާނ... މަށާ ވާހަކައެއްވެސް ނުދައްކާ އެއްގޮތަކަށް.'
'އެހެންތަ؟..' އަހުމަދު ހައިރާންވެފައި އެހިއެވެ. 'ތިވީ މާރަނގަޅަކަށްނު...'
އަހަރެން މަޑުމަޑުން ބޯ ހަލުވާލީމެވެ.
'ބޮޑު ހައިޖާނު ގަނޑަކަށް ނުވެ ތިކަން ތި ހައްލުވީނު... ދެން ޝާޒިޔާއާއި ވާހަކަ ދައްކަން ނޫޅެއްޗޭ އިނގޭ.'
އަހަރެން އާނއެކޭ ބުނީމެވެ.

ޝާޒިޔާ ވާހަކަ ނުދައްކަން ފެށުމުން އަހަރެން ކިޔެވުމަށް ބޮޑަށް ސަމާލުކަން ދިނީމެވެ. ޝާޒިޔާ ވާހަކަ ނުދައްކާ ސަބަބު ނޭންގިގެން ހިތަށް ވެރިވެފައިވާ ނުތަނަވަސްކަން ފިލާތޯއެވެ. ތިންވަނަ ޓާރމްގެ އިމްތިހާނުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ ބޭނުމުގައިވެސް މެއެވެ.
'ކޭ ހާދަކިޔަވައޭދޯ މިހާރު؟' މެތްސް ސައް ހަދަންދިން ފިލާވަޅު ނިނަމާލުމަށްފަހު ރޮބިންކުކްގެ ވާހަކައެއް ކިޔަން އިންދާ ރިލުވާނު ބުންޏެވެ.
'މި ކިޔަވަނީކީ ނޫނެއްނު...' ވާހަކަފޮތުގެ ބޭރު ރިލުވާނަށް ދައްކާލަމުން އަހަރެން ބުނީމެވެ.
'ބްރެއިން.' ރިލުވާނު ވާހަކަފޮތުގެ ނަން ކިޔާލިއެވެ.
'ކޭ ވާހަކަވެސް ކިޔަންތަ؟'
'ކިހިނެއްވީ؟'
'ތީ ރަނޑު މީހުން ކުރާކަމެއް.'
އަހަރެން އަނގަޔަކުން ނުބުނަމެވެ. ރިލުވާނު އެހެން ބުންޏަސް ވާހަކަ ކިޔަނީ ކޮންމެހެން ރަނޑުވެގެން ނޫންކަން އަހަރެންނަށް އެނގެއެވެ.
'އޭ ކޮބާތަ ކޭގެ ޗަބީ މަންޖެ މިހާރު؟' ރިލުވާނު އެހިއެވެ.
'އެބައުޅޭ.'
'ހާދަ ފާޑަކަށް؟.. އެކަން ނިމުނީތަ؟'
އަހަރެން ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރާލީމެވެ.
'އަންމަޑޭ ކީ ދަތުރެއް ރާވާ ވާހަކަ.'
'އެހެންތަ؟'
'އާން... ބުނި ކޮއްދިއްޕަރު ލިބޭނެޔޯ؟.. ދާންވާނެއެއްނު.'
'ނޭންގެ މޫސަބޭ ފޮނުވާނެކަމެއް.'
'ފޮނުވާނެ... ކޭދެން މާ ނިކަމެތިވެގަނެގެން ތި އުޅެނީ...'
'މޫސަބޭ ކައިރީ އެހީމަ އެނގޭނީ... މިހާރުވެސް މާ ގިނައިން ބޭރަށް ދާތީ ވަރަށް ހިތްހަމަ ނުޖެހިފަ ހުންނަނީ... އަދި ރަށުން ބޭރަށް ދާން ހިޔެއްނުވޭ އޯކޭވާނެހެނެއް.'
'ބުނާނީ ކުލާސް ދަތުރެކޭ... އޭރުން އޯކޭވާނެ.'
އެވަގުތު މެތްސް ގަޑި ނިމޭ ބެލް ޖެހިއެވެ. ސަރ ކުލާހުން ނުކުމެގެން ދިޔައިރު ޝަފީޤުސަރް ހުރީ އައިސް ކުލާސް ދޮރުމަތީގައެވެ. ޝަފީގުސަރ އާއިއެކު އަންހެނަކުވެސް އައިސް ހުއްޓެވެ. އަހަރެންނަށް އެއަންހެން މީހާގެ މޫނަށް ބަލާލެވުމާއިއެކު އެއީ ކާކުކަން އަހަރެންނަށް އެނގުނެވެ. އަހަރެންގެ ހިތުގެ ތެޅުން އަވަސްވެގެން ދިޔައެވެ.
'މިއަދު ތިކުދިންނަށް ކިޔަވައިދޭނީ މިޓީޗަރު...' ކުލާހަށް ވަދެ ސަލާމް ބަދަލުކުރުމަށްފަހު އެއަންހެން މީހާއަށް އިޝާރާތް ކޮށްލަމުން ޝަފީޤުސަރ ބުންޏެވެ. 'މީ މިއަހަރު މުދައްރިސުން ތަމްރީނު ކުރާ ކޯސް ހަދަމުންދާ ދަރިވަރެއް... ތަޖުރިބާއެއްގެ ގޮތުން ތިކުދިންނަށް ކިޔަވަދޭން އައިސް މިހުރީ... ސަރ ހީކުރަން ހުރިހާ ކުދިންވެސް މިޓީޗަރަށް އެއްބާރުލުން ދޭނެކަމަށް.'
'ލައްބަ ސަރ.' ހުރިހައި ކުދިން އެއްފަހަރާހެން ބުނަޏެވެ.
ޝަފީޤުސަރ އެ އަންހެންމީހާ އާއި ދިމާއަށް ބަލާލިލުމަށްފަހު ކްލާސް ފެށުމަށް ބޮލުން އިޝާރާތް ކޮށްލިއެވެ.ގ
'އަސްލަމާ އަލައިކުމް.' އޭނާ ކުލާހުގެ ހުރިހާ ކުދިންނާ މުޚާޠަބު ކޮށްލިއެވެ.
'ވަޢަލައިކުމް ސަލާމް!' ހުރިހައިކުދިން އެއްފަހަރާ ބުނެލިއެވެ. އަހަރެންނަށް އޭނައާއި ދިމާއަށް ބަލަހައްޓާއިގެން އިނދެވުނީއެވެ.
'ހިނގާ އެންމެން ތަޢާރަފު ވެލަމާ ދޯ؟' އަލަށް ކިޔަވައިދޭ މުދައްރިސެއް ކަމުގެ އެއްވެސް ނިޝާނެއް އޭނާގެ އަޑުގައި ނެތެވެ. 'މިސްއަށް ކިޔަނީ އަޒުލާ! ތިޔަކުދިން އަޒުލާމިސް ނޫނީ އަޒޫމިސް ކިޔަސް އެންމެރަނގަޅު.' އެހެން ބުނުމަށްފަހު އޭނާ ޝަފީްޤުސަރގެ މޫނަށް ބަލާލިއެވެ. އަދި ހިނިތުންވެލުމަށްފަހު އަނެއްކާވެސް ކުލާސް ކުދިންނާދިމާއަށް އެނބުރިލިއެވެ. އޭނާއަށް އަހަރެންނާ ހަތަރުކަޅި ހަމަވީ އެވަގުތުއެވެ. އޭނާގެ މޫނުމައްޗަށް ވެރިވެގެން ދިޔަ ކުލަވަރުން އޭނާއަށް އަހަރެންނަކީ ކާކުކަން އެނގުނުކަން އަހަރެންނަށް ޔަޤީންވިއެވެ. އަޒޫމިސް އެސްފިޔަވެސް ޖަހައިނުލާ އަހަރެންނަށް ބަލަހައްޓައިގެން އިިރުކޮޅަކު ހުއްޓެވެ.
'ކޮބާ ފަހަރަކު ކުއްޖަކު ތަޢާރަފު ވެލަންވީނު.' އެނާ އަހަރެންގެ މޫނަށް ބަލަހައްޓައިގެންހުރެ ބުންޏެވެ. އަދި ކުލާހުގެ ކަނާތްފަރާތުން އެންމެ ކުރިއަށް އިން ކުއްޖާއަށް ބަލާލިއެވެ. 'އެންމެ މިކޮޅުން ފަށާ!'
ފަހަރަކު ކުއަޖަކު ތަޢާރަފު ވަމުން އައިސް އަހަރެންނާ ހަމަވުމުން އަހަރެން ތެޅިތެޅިއޮތް ހިތަކާއެކު ތަޢާރަފު ވެލީމެވެ. އެވަގުތު އަޒޫމިސް ނޭވާ ހިފަހައްޓާލައިގެން ހުރިކަމުގެ އިޙުސާސް އަހަރެންނަށް ކުރެވުނެވެ. އަހަރެންގެ ނަން ބުނުމުން އޭނާގެ މޫނުމައްޗަށް ޔަޤީންކަމުގެ ވެރިވެގެން ދިޔައެވެ.
ދިވެހިގަޑި ނިމެންދެންވެސް އަހަރެންނަށް ވަރަށްބޮޑު ނުތަނަވަސްކަމެއް އިޙުސާސް ކުރެވުނެވެ. އަޒޫމިސްވެސް އިރުއިރުކޮޅާ އަހަރެންގެ މޫނަށް ބަލާލައެވެ. ނަމަވެސް އަހަރެންނަކާ ވާހަކައެއް ނުދައްކައެވެ. އެގަޑި ނިމުމުން އަހަރެންނަށް ފުން ނޭވާއެއް ލެވުނެވެ. އަދި މާދަމާ މިކުލާހަށް އަޒޫމިސް ނައުމަށް އެދު ދުޢާވެސް ކުރެވުނެވެ.
'ސަޅި މިސްއެއް ދޯ؟' އެދުވަހުގެ ކިޔެވުން ނިމުމުން ގެއަށް ދިއުމަށްޓަކައި ދަބަހަށް ފޮތްތައް އަޅަމުން ރިލުވާނު ބުންޏެވެ.
'ސަޅިތަ؟' އަހަރެން އެހީމެވެ.
'ސަޅިހޭ!... ކޭ ކަޅިޖަހާނުލާ ބަލަހައްޓައިގެން އިނީ އެޅާ ހަޑިކަމުން ދޯ؟'
އަހަރެންނަކަށް ބުނާނެ އެއްޗެއް ނޭންގުނެވެ. އަހަރެން އަޒޫމިސްއާ ދިމާއަށް އެވަރަށް ބެލިކަން އެހެން މީހަކަށް ފާހަގަ ކުރެވޭނެ ކަމަކަށް ހިޔެއް ނުކުރަމެވެ.
'އެޅާވެސް ވަރަށް ބެލި ދޯ ކޭއަށް؟' ރިލުވާނު ބުންޏެވެ. 'ކޭ ސެޓްކުރަންވީނު!'
'އެ މާ ބޮޑުމީހެއްނު.' ކުލާހުން ނުކުންނަމުން އަހަރެން ބުނީމެވެ. އަހަރެންނަށް އަޒޫމިސް ކުރިން އެނގޭ ވާހަކަ ރިލުވާނުކައިރީ ބުނާކަށް އަހަރެން ބޭނުމެއް ނުވިއެވެ.
'ބޮޑިއްޔާ ބޮޑުތަން ކާން އޮންނާނެއެއްނު.' ނުބައިފާޑަކަށް ހީނގަންނަމުން ރިލުވާނު ބުންޏެވެ.
އަހަރެންވެސް މަޑުމަޑުން ހީނލީމެވެ.
ދެމީހުން ވާހަކަދައްކަމުންގޮސް ސޮކޫލުގެ ދޮރާށިން ބޭރަށް ނުކުމެވުމާއިއެކު ހުރިފިޔަވަޅު މަތީގައި އަހަރެންނަށް ހުއްޓެވުނެވެ. ދޮރާއްޓާއި ދިމާ ކުރިމަތިން މަގުގެ އަނެއްފަރާތުގައި ހުރި ފާރުކައިރީގައި އަހަރެންނާއި ދިމާއަށް ބަލަހައްޓައިގެންހުރީ ދޮންބެއެވެ.


=ނުނިމޭ=

Saturday, January 26, 2008

Mamma Dharifulhu Naa Na Naa 19

'ފައުޒީ މަންމަ ކައިރިއަށް އެއްގޮތަކަށްވެސް ނުދަންތަ؟' ބުޅީގައި ފުއްގަނޑެއް ޖެހުމަށްފަހު ތޮށިގަނޑުމަތިން ބޭރަށް އެއްލަމުން އަހުމަދު އެހިއެވެ. އަހަރެމެން ތިބީ މާފަންނުކޮޅުން އައި.ޖީ.އެމް ހޮސްޕިޓަލާ ދިމާއަށް މަސްބާނަން އައިހެވެ.

'އާނ!' ނަނު ހިފައިގެން ތޮށިގަނޑު މައްޗަށް އަރަމުން އަހަރެން ބުނީމެވެ. 'ކިހިނެއްވީ؟'

'ކަމެއް ނުވޭ... ހަމަ އަހާލީ.' ތޮށިގަނޑު ކައިރިން ތިރީގައި ހުރި އީއްކޮއަށް ބަލާލަމުން އަހުމަދު ބުންޏެވެ. 'މަންމަމެންނަށް އެނގޭތަ ފައުޒީ މާލޭގަ އުޅޭކަން؟'

'އެނގޭނެހެން ހީވަނީ.' މޫދަށް ނަނު އެއްލަމުން އަހަރެން ބުނީމެވެ. 'ތުއްތުބެއާއި ބައްޕައަށް އެނގޭނެ ހަމަ ގައިމުވެސް.'

އެހެންތަ؟.. އެކަމަކު ނާދޭދޯ ބައްދަލުކުރާކަށް؟'

'ހުމ...'

'ދެރަވޭތަ ނާންނާތީ؟'

އުނހުމ... ނުވޭ ދެރައެއް.'

'ހުމ...' އަހުމަދު އަހަރެންގެ މޫނަށް ބަލަހައްޓައިގެން އިރުކޮޅަކު ހުއްޓެވެ. 'ކޮބާ މިހާރު ބައިސްކަލު ދުއްވަން ދަސްވީތަ؟' އަހުމަދު މަޢުލޫ ބަދަލުކޮށްލިއެވެ.

'އާނ...' އަހަރެން ހިނިތުންވެލަމުން ބުނީމެވެ.

'އެހެންތަ؟.. ހުމ... ބައިސްކަލެއް ގެންދެންވީ ދޯ؟'

އަހަރެން އެކައްޗެކޭވެސް ނުބުނަމެވެ. ބައިސްކަލެއް ގަނެދީފިއްޔާ އަހަރެންނަށްވެސް ރަނގަޅެވެ. އެކަމަކު ގަނެދޭށޭ ބުނާކަށް އަހަރެން ބޭނުމެއް ނުވިއެވެ.

'ފައުޒީކައިރީ ވާހަކައެއް އަހަންވެފަ އެބަ އޮތޭ!'

'އެ ކޮންވާހަކައެއް؟'

'ދޮގުނުހަދާ ތެދަށް ބުނަންވާނެ!'

އަހަރެން ކުޑަކޮށް ޖެހިލުނަވާގޮތް ވިއެވެ. އަހަރެން އަހުމަދުގެ މޫނަށް ބަލާލީމެވެ. އަދި އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލީމެވެ.

'ޝާޒިޔާ ދަންވަރު ތިކޮޓަރިއަށް ވަދޭދޯ؟' އަހަރެންނާ ހަތަރުކަޅި ހަމަކޮށްލަމުން އަހުމަދު ބުންޏެވެ.

އަހަރެންގެ ހަތަރެސްފައި ފިނިވެގެން ދިޔައެވެ. ބާރުބާރަށް ހިތް ތެޅިގަތެވެ. މޫނުމައްޗަށް ވެރިވި ނުތަނަވަސްކަން ފޮރުވުމަށްޓަކައި މޫދާދިމާއަށް މޫނު އަނބުރާލީމެވެ.

'ހާދަ ހާސްވީ؟..' އަހުމަދު ބުންޏެވެ. 'އަހަރެންނަށް އެކަހަލަ އެއްޗެއް ހީވާތާ މިހާރު ދިވަސްކޮޅެއް ވެއްޖެ... މީ ރަނގަޅު ހީއެއްތަ؟'

އަހަރެންނަށް ދެންވެސް ޖަވާބެއް ނުދެވުނެވެ. އަހުމަދަށް އެކަން އެނގެނީ ކިހައި ވަރަކަށްކަމެއްވެސް ނޭންގެއެވެ. އަހަރެން އުޅޭނޭ އެހެން ގެއެއް ހޯދަންވީ ވަގުތު އައިސް މިއޮއް ޖެހުނީއެވެ.

'ވަދޭ ދޯ؟' އަހުމަދު އަނެއްކާވެސް އެހިއެވެ.

އަހަރެން ލޯ މަރާލުމަށްފަހު އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލީމެވެ.

'ހުމ... މަށަށް ދެރެއަކު ފެނުނު ޝާޒިޔާ ތިކޮޓަރިއަށް ވަންނަނިކޮށް...'

އަހަރެން އަނގަޔަކުން ނުބުނަމެވެ. ބުނާނީވެސް ވަކިން ކީކޭހެއްޔެވެ؟ އިސްދަށަށް ޖަހައިގެން ހުރިއިރު އަހަރެންގެ ލޮލުތެރަށް މަޑުމަޑުން ކަރުނަތަށް ޖަމާވަމުން ދިޔައެވެ. އެކަމަކުވެސް އަހަރެން ރޯކަށް ބޭނުމެއް ނުވިއެވެ. ކަމެއްވާއިރަށް ލޮލުން ކަރުނަ އަންނާތީ އަމިއްލަ ނަފުސުދެކެ އަހަރެންނަށް ރުޅި އާދެވުނެވެ. ނަމަވެސް އަހަރެން ހިތްވަރުކޮށްގެން ހުއްޓާވެސް އެސްފިޔަތަކުގެތެރެއިން ފުރޭނިގެން ތޮށިގަނޑުމައްޗަށް ކަރުނަތިއްކެއް ޖެހިއެވެ.

'އޭ ފައުޒީ ރޮނީތަ؟' އަހުމްދު ކުޑަކޮށް ކަންބޮޑުވެފައި އެހިއެވެ. 'ތީކީ އަދި ރޯވަރުގެ ކަމެއް ނޫނެއްނު؟'

އަހަރެން އަހުމަދަށް ބަލާލީމެވެ.

'ތީކީ އަދި އެއްގޮތަކަށްވެސް ރޯންޖެހޭވަރުގެ ކަމެއް ނޫނޭ!.. ތިކަމުގަ އަހަރެން އެއްގޮތަކަށްވެސް ފައުޒީ ގޯހެއް ނުކުރަން...'

އަހަރެންގެ މޫނުމައްޗަށް ކޮންމެވެސް ވަރެއްގެ ހައިރާންކަމެއް ވެރިވިއެވެ.

'އާނ... މަށަށް ޝާޒިޔާ ވަރަށް ރަނގަޅަށް އެނގޭ... ކުރިންވެސް ގޭގަ އުޅުނުކުއްޖަކަށް އޭނަޔާހެދި ނޫޅެވިގެން ނުކުމެގެން ދިޔައީ!'

އަހަރެން ޔަޤީން ނުވެފައި އަހުމަދާއި ދިމާއަށް ބަލަހައްޓައިގެން ހުރެވުނެވެ.

'ފައުޒީ ތަންކޮޅެއް މަޑުމައިތިރި ވީމަ ޝާޒިޔާއަށް ތި އަތުއަޅުވާލެވުނީދޯ؟' އަހުމަދު ބުންޏެވެ. 'ނޫނީ ފައުޒީ ޝާޒިޔާދެކެ ލޯބިވޭތަ؟'

އަހަރެން ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރާލީމެވެ.

'ދެން ކިހިނެއް ޝާޒިޔާގެ މަޅީގަ ފައުޒީ ތިޖެހުނީ؟'

އަހަރެން ދެލޯ ފުހެލީމެވެ. އަދި އެކަން ފެށުނުގޮތް ކުރުގޮތަކަށް އަޙުމަދަށް ކިޔައިދިނީމެވެ.

'ޑެޑީ!..' އީއްކޮ ގޮވާލިއެވެ. 'ހިނގާ ގެއަށްދާން... އީއްކޮ ފޫހިވަނީ.'

'އާނ... ހިނގާދާން ދޯ؟' އަދި އަހަންނާ ދިމާއަށް ބަލާލިއެވެ. 'ތިކަން ނިމުމަކަށް ގެންނަން ޖެހޭނީ... ބައްޕަޔަށް އެނގިއްޖެއްޔާ ފައުޒީ މަރާލަންވެސް ފަހަކަށް ނުޖެހޭނެ... ޝަޒިޔާއަކީ އެގޭ އެންމެން މާ ލޯބިވާ މީހެއްނު... އެމީހުންނަކަށް ޝާޒިޔާ ގޯހެއް ނުވާނެ ދޯ... އެކަމު ނާހީއަށް އެނގޭނެ ޝާޒިޔާގެ ގޮތްގަނޑު މިހާރު... މަ ނާހީއާއި ވާހަކަ ދައްކައިގެން ތިކަން ނިމުމަކަށް ގެންނަން ހެދިދާނެ ގޮތެއް ބަލާނަން.'

ނާހިދާކައިރީ އެވާހަކަ ދައްކާނެކަމަށް ބުނުމުން އަހަރެން ހާސްވާގޮތް ވިއެވެ. އަހުމަދަށް އެކަން ވިސްނުނެވެ.

'ނާހީ ވަރަށް އަންޑަސްޓޭންޑިގ ވާނެ... އޭނަޔަށް އެނގުނަސް އޯކޭ ވާނެ.' އަޙުމަދު ބުންޏެވެ. 'އޭނަ އެހެންނޫނަސް ފައުޒީއަށް ވަރަށް ހަމްދަރުދީ ވޭ.'

-ނުނިމޭ-

Pic taken from Phase Drift

Monday, January 14, 2008

Mamma Dharifulhu Naa Na Naa 18


'ޝަހޫދައްތާ!' އަހަންނަށް އިޚުތިޔާރަކާއި ނުލާ ބުނެވުނެވެ.

ޝަހޫދައްތަ އަނގައިންވެސް ނުބުނެ އަހަރެންނާ ދިމާއަށް ބަލަހައްޓައިގެން އިނެވެ. ޝަހޫދައްތަގެ މޫނުމަތީގައި ނުރުހުމުގެ އަސަރު ކޮންމެވެސް ވަރަކަށް ފާޅުވާން ހުއްޓެވެ.

'މިގަޑީގަ ކީއްކުރަނީ؟' އަހަރެން އެހީމެވެ. 'ކިހިނެއް ގެއަށްވަނީ؟'

'ތަންތަނަށް އަންނަން ވަކި ގަޑިއެއް އޮވޭތަ؟' ޝަހޫދައްތަ އެހިއެވެ. އޭނާގެ އަޑުގައިވަނީ ހަރުކަށިކަމެވެ. 'ދަންވަރު ގަޑިއަކީ ވަރަށް ގިނަ ކަންތައްތައް ކުރަން ފަސޭހަ ގަޑިއެއްކަން މިހާރު ފައުޒީކޮއްކޮއަށް އެނގޭނެ... ޚާއްޞަކޮށް ކަމެއް ސިއްރުން ކުރަން ބޭނުންވާކަމަށް ވަންޏާ... އެހެންނޫނަސް މީކީ މިގަޑީގަ ފައުޒީކޮއްކޮ ކައިރިއަށް ޝަހޫދައްތަ އައި ފުރަތަމަ ފަހަރެއް ނޫނެއްނު!' ޝަހޫދައްތަ ވާހަކަ ދެއްކީ ވަރަށް ބާރަށެވެ.

'ޝަހޫދައްތަ ތަންކޮޅެއް މަޑުން ވާހަކަ ދައްކަބަލަ!' އަހަރެން ވައިއަޑުން ބުނީމެވެ. އަހަރެމެން ވާހަކަ ދައްކާ އަޑު ޝާޒިޔާ އަށް އިވޭކަށް އަހަރެން ބޭނުމެއް ނުވިއެވެ.

'ކާކަށް އަޑުއިވިދާނެތީ ތި އުޅެނީ؟' ޝަހޫދައްތަ އެހިއެވެ. 'ޝަހޫދައްތަ މިއުޅެނީކީ ވައްކަމެއް ކުރަން އައިހެއް ނޫން!'

'ވަކި މީހަކަށް އަޑުއިވިދާނެތީއެއް ނޫން... އެކަމަކު މީހަކަށް އަޑުއިވިއްޖެއްޔާ ކަޑަވާނެތީ!'

'ފައުޒީކޮއްކޮ ތިގަންނަ ގަނޑު މީހަކަށް ފަޅާއަރައިފިއްޔާ ޔޯ؟' ކޮޓަރީގެ ދޮރާ ދިމާއަށް ބަލާލަމުން ޝަހޫދައްތަ ބުންޏެވެ.

'ކޮން ގަނޑެއް؟' އަހަރެން ނޭންގޭ ކަމަށް ހެދީމެވެ.

'ޝަހޫދައްތައަށް ނޭންގޭކަމަށްތަ ހީކުރީ؟'

އަހަރެންނަކަށް ބުނާނެ އެއްޗެއް ނޭންގުނެވެ. އިސްޖަހާލައިގެން ހުރެވުނީއެވެ.

އެވަގުތު ގޭގެ ބޭރު ދޮރާށި ހުޅުވާލި އަޑު އިވުނެވެ. އަހަރެންގެ ހިތް ބާރުބާރަށް ތެޅިގަތެވެ. މިގަޑީގަ ގެއަށް އެއައީ ކާކުބާއެވެ؟

އަހަރެން ޝަހޫދައްތަ ދިމާއަށް ބަލާލިއެވެ. އޭނާގެ މޫނުމަތީގައިވަނީ ނުލަފާ ހިނިތުން ވުމެކެވެ.

'މީހަކު އެބައާދޭ!' އަހަރެން ބުނީމެވެ.

'އައިސްދާނެ އެއްނު!' ޝަހޫދައްތަ ބުންޏެވެ. އަދި ހަމަ އެއެންގޮތަށް ގޮނޑީގައި އިށީންދެގެން އިނީއެވެ.

އަހަރެން ޝަހޫދައްތަގެ އަތުގައި ހިފީމެވެ. އަދި ޝަހޫދައްތަ ބަދިގެއަށް ވެއްދުމަށްފަހު ބޭރުން ދޮރު ލައްޕާލީމެވެ.

'ފައުޒީ!' އަޙުމަދު ގޮވާލިއަޑު އިވުމުން އަހަރެން އެނބުރިލީމެވެ. 'މިގަޑިގަ ހޭލާ ކީއް ތިކުރަނީ؟'

'ފެންބޯންވެގެން..'

'ބަދިގެ ތަޅުލާފަދޯ ހުރީ؟' ބަދިގޭގެ ދޮރަށް ބަލާލަމުން އަހުމަދު ބުންޏެވެ.

އަހަރެން އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލީމެވެ.

'ތިވާނީ މަންމައަށް ނޭންގި ތަޅުލެވިފަ ހުރީ ކަމަށް...' ޖީބުން ތަޅުދަނޑިއެއް ނަގަމުން އަޙުމަދު ބުންޏެވެ. އަހަރެންގެ ހަތަރެސްފައި ފިނިވެގެން ދިޔައެވެ.

'އާދޭ މައްޗަށް... ފެންފުޅިއެއް ދޭނަން.' ގޭތެރޭގައި ހުރި ސިޑިން މައްޗަށް އަރަމުން އަޙުމަދު ބުންނެވެ. އަހަރެންވެސް ހަމަޖެހުމުގެ ނޭވާއެއް ލުމަށްފަހު އަޙުމަދުގެ ފަސްފަހަތުން ސިޑިން މައްޗަށް އެރީމެވެ. އަޙުމަދު ކޮޓަރިން ފެންފުޅިއެއް ނެރުމަށްފަހު އަހަރެންނަށް ދިއްކޮށްލިއެވެ.

އަހަރެން އެފުޅިގައި ހިފުމަށްފަހު އެއިން ފެންފޮދެއް ބޯލީމެވެ. އަދި ފެންފުޅި އަނބުރާ އަޙުމަދަށް ދިއްކޮށްލީމެވެ.

'ކީއްވެ ދޮރާށި ތަޅުނުލާ އެހުރީ؟' ފުޅީގައި ހިފަމުން އަޙުމަދު އެހިއެވެ. 'ގޭގެ ބޭރުދޮރުވެސް ހުރީ ތަޅުނުލާ!'

ޝަހޫދައްތައަށް ގޭތެރެއަށް ވަދެވުނުގޮތް އަހަރެންނަށް ވިސްނުނެވެ. މޫސަބޭ ހަނދާންނެތިގެން ދޮރާއްޓާއި ގޭގެ ބޭރުދޮރު ތަޅުނުލާ ހުރީއެވެ.

'މަށަކަށް ނޭންގެ!' އަހަރެން ކުޑަކޮށް ހާސްވެފައި ހުރެ ބުނީމެވެ. 'އަހަރެން ނިދިއިރު މޫސަބޭ އުޅޭ ހޭލާ.'

'ހުމ...'

އަހަރެން މަޑުމަޑުން ސިޑިން ފޭބުމަށްފަހު ފުން ނޭވާއެއް ލީމެވެ. އަދި ބަދިގޭގެ ދޮރުގެ ތަޅުގައި މަޑިމަޑުން ހިފާލީމެވެ. ދޮރު ހުރީ ތަޅުނުލެވިއެވެ. އަހަރެންގެ ހިތް ތެޅިގަނެގެން ދިޔައެވެ. ދޮރުހުރީ ތަޅުލާފަތޯ އަޙުމަދު ޗެކް ނުކުރިކަން ނަސީބެކެވެ. ޝަހޫދައް ދޮރު ތަޅުނުލީ ކީއްވެބާއޭ އަހަރެން ހިތަށް އެރިއެވެ.

އަހަރެން ބަދިގޭގެ ދޮރު ހުޅުވާލީމެވެ. އަދި ބަދިގެ ތެރެއަށް ބަލާލީމެވެ. ޝަހޫދައްތައެއް ބަދިގެއަކު ނެތެވެ. އަހަރެމެން މައްޗަށްދިޔަވަގުތު ބަލާފައި ޝަހޫދައްތަ ދިޔައީއެވެ.

އަހަރެން ކޮޓަރިއަށް ވަނީމެވެ.

'ކާކާ ވާޙަކަ ދެއްކީ؟' ޝާޒިޔާ އެހިއެވެ.

'އަޙުމަދު.'

'އަޙުމަދުބެ އައުމުގެ ކުރިން މީހަކާ ވާހަކަ ދެއްކިހެން ޝާ އަށް ހީވި.'

'ނޫން... އެއްވެސް މީހަކާ ވަހަކައެއް ނުދައްކަން.' އަހަރެން އަވަސް އަވަހަށް ބުނީމެވެ. 'ޝާޒިޔާ ދެންދޭ...'އަހަރެން ގަޑިއަށް ބަލާލަމުން ބުނީމެވެ. 'މިހާރު ބައްޕަ ނަމާދަށްދާން ތެދުވާގަޑި ޖެހެނީ!'

'ކިސްއެއް ދިނީމަ ދާނީ!'

އަހަރެން ފުން ނޭވާއެއް ލުމަށްފަހު ބޯހޫރާލީމެވެ. އަދި ޝަޒިޔާގެ ތުންފަތުގައި ކިސްކޮށްލީމެވެ.

'ތިހާ ކުޑަ ކިސް އަކުން ނުފުދޭނެ.' ޝާޒިޔާ ބުންޏެވެ. އަދި އަހަރެންގެ ދެކޮނޑަށް އަތް ވައްޓާލުމަށްފަހު އަހަރެންގެ ތުންފަތުގައި އަނގަޖެހިއެވެ.

އަހަރެން ވަރަށް އުނދަގުލުން ޝާޒިޔާ އަހަރެންގެ ގަޔާ ދުރުކޮށްލީމެވެ. ފަލަކަމާ އެއްވަރަށް އޭނާގެ ބާރުވެސް ގަދައެވެ.

'ދެން މިރެއަކު ނޫން.' އަހަރެން ބުނީމެވެ. 'ބުނެފީމެއްނު ބައްޕަ މިހާރު ހޭލައިގެން އުޅޭނޭ.'

'އޯކޭ... އެކަމު މާދަމާރޭ ޖެހޭނެ ދެފަހަރަށް ކޮންޑޮމް ބޭނުންކުރަން...' އަލުން އަހަންނާ ކައިރިވެލުމަށްފަހު ސޯޓުތެރެއަށް އަތްބާނާ ކޮންޑޮމް ދަމައިގަންނަމުން ޝާޒިޔާ ބުންޏެވެ. އަހަރެން އެބުނި އެއްޗެއް ނުވިސްނިފައި އިރުކޮޅަކު ހުރީމެވެ.

'އެއީ މިރޭޔާ މާދަމާރެޔާ ދެރެޔަށް ވާވަރަށް... މިރޭ މިވީ ބޭކާރު ރެޔަކަށްނު!' ޝަޒިޔާ ހިނިތުންވެލާފައި ބުންޏެވެ.

އެރެއަށްފަހު ހަފުތާއެއް ވީއިރުވެސް އަހަރެންނަށް ޝަހޫދައްތައާއި ދިމައެއް ނުވެއެވެ. އަހަރެން ސްކޫލަށް ދާއިރުއާއި ސްކޫލުން ނިމިގެން އަންނައިރުވެސް ޝަހޫދައްތަ ފެނޭތޯ ބަލަމެވެ. އެކަމަކު ޝަހޫދައްތައެއް ނުފެނެއެވެ. ޝަހޫދައްތަ އަހަރެންދެކެ ރުޅިއައީހެއްޔެވެ؟ ޝަހޫދައްތައަކީ އަހަރެންނަށް ހަމްދަރުދީވާ މަދު މީހުންގެ ތެރެއިން އެކަކެވެ. އަހަރެންދެކެ ހަޤީޤަތުގައިވެސް ލޯބިވާ ހަމައެކަނި އިންސާނެވެ. ވީއިރު ޝަހޫދައްތަ އަހަރެންދެކެ ރުޅިއައުމަކީ އަހަރެންނަށް ކެތްވާނެ ކަމެއް ނޫނެވެ.

މިހުރިހައިވެސް ކަމަކީ ޝަޒިޔާގެ ކަންތަކެވެ.

ޝަހޫދައްތަ ނުފެނި ގިނަދުވަސްވީވީހެން އަހަރެންނަށް ކުރިއަށްވުރެވެސް ބޮޑަށް ޝާޒިޔާދެކެ ރުޅިއާދެވެން ފެށިއެވެ. ނަފުރަތު ކުރެވެން ފެށިއެވެ. އެކަމަކުވެސް ކުރެވޭނެ މާބޮޑު ކަމެއް ނެތެވެ. އެގޭގައި އުޅެން ބޭނުންވާ ކަމަށް ވަންޏާ ޖެހޭނީ ޝަޒިޔާ ބޭނުންވާ ގޮތަށް ކަންތައް ކުރާށެވެ.

ކަންތައްތައް ވަމުންދިޔަ ގޮތުގެ ވާހަކަ ޝަހޫދައްތައަށް ކުރިން ކިޔައިނުދެވުނީތީ މިހާރު އަހަރެން ދެރަވެއެވެ.

'ގޮދާ ކިހާ ވަރަކަށް؟' ދަންނަ އަޑެއް ކައިރިން އިވުމުން އަހަރެން ފަސް އެނބުރިލާފައި ބަލާލީމެވެ. އަހަރެން ހުރީ ގެއަށް މަސް ގަންނަންވެގެން މަސްމާރުކޭޓަށް ގޮހެވެ. އަހަރެންނާ ތިންވަރަކަށް ފޫޓު ދުރުގައި ބައްޕަ ހުއްޓެވެ. އަހަރެންގެ ހިތް ބާރުބާރަށް ތެޅެންފެށިއެވެ.

'ހަތްދިހައަށް...' މަސް ވިއްކަންހުރި މީހާ ބުންޏެވެ. 'މިކޮޅުން ފަންސާހަށް... މީ ތިރީހަށް.' އޭނާ މާރުކޭޓުގެ މުށިތައްމަތީ ބައިބަޔަށް އަތުރާފައިހުރި މަސްތަކުގެ އަގު ކިޔާލިއެވެ.

އަހަރެން ބަލަހައްޓައިގެން ހުރިކަމުގެ އިހުސާސް ކުރެވުމުން ބައްޕަ އަހަރެންނާ ދިމާއަށް ބަލާލިއެވެ. އަހަރެން ފެނުމުން ބައްޕަގެ މޫނުމަތިން ކުޑަކޮށް ހައިރާންކަން ފާޅުވިއެވެ. އިރުކޮޅަކު އަހަރެންނާ ދިމާއަށް ބަލަހައްޓައިގެން ހުރުމަށްފަހު މަސްތަކަށް ބައްޕަ ބަލާލިއެވެ. އަދި އެތަނުން ފަލަހެން ހީވާ ގޮދައެއް ނެގިއެވެ. އެއަށްފަހު ކެޔޮޅުއަތަށް ލާރި ދިނުމަށްފަހު މަސްކަނޑާތަނާ ދިމާއަށް ހިނގައިގަތެވެ. ނަމަވެސް ތަންކޮޅަކަށް ދިއުމަށްފަހު ހުއްޓުނެވެ. އަދި އެނބުރިއައިސް އަހަރެންގެ ކުރިމައްޗަށް ހުއްޓުނެވެ.

'ކޮން ގެއެއްގަ ހުންނަނީ؟' ބައްޕަ އެހިއެވެ.

'ގަލޮޅުގަ ހުންނަ ގެއެއްގަ...' އަހަރެން ތުރުތުރުއަޅާ އަޑަކުން ބުނީމެވެ. 'ސްވާސްޓިކާ ކިޔަނީ.' އަހަރެން ގޭގެ ނަން ބުނީމެވެ.

ބައްޕަ ބޯ ހަލުވާލިއެވެ. 'ސްކޫލަށް ދަންތަ؟'

އަހަރެން އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލީމެވެ.

ބައްޕަ އެއްޗެކޭ ބުނަން އުޅުނުހެން ހީވިއެވެ. ނަމަވެސް އިތުރު އެއްޗެކޭ ނުބުނެ އެނބުރި މަސްކަނޑާ ތަނާ ދިމާއަށް ހިނގައިގަތެވެ.

އަހަރެންނަށް ބައްޕައަށް ބަލަހައްޓައިގެން އެތައް އިރެއް ވަންދެން ހުރެވުނެވެ. ނަމަވެސް ބައްޕަ އިތުރަށް އެއްފަހަރުވެސް އަހަރެން ފެނޭތޯ ބަލައެއް ނުލައެވެ.

އެދުވަހު އަހަރެންނަށް ބުނަންވެސް ނޭންގޭފަދަ އަސަރުތަކެއް ކުރުވިއެވެ. އެއީ ބައްޕަ އަހަރެންނާ ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ. ބައްޕަގެ އަނގައިން އަހަރެންނާ މުޚާޠަބްކޮށް ބަހެއް ބުނާއަޑު އެހުމަކީ އަހަރެންނަށް ނޭންގިނަމަވެސް ކުރެވެމުންއައި އުންމީދެކެވެ. އެކަމަކު މިއަދު އެއުންމީދު ފުރިހަމަވުމުން އަހަރެން އުފަލެއް ނުވެއެވެ.

އަހަރެން ގެއަށް ދިއުމަށްފަހު ލޯގަނޑު ކުރިމައްޗަށް ހުއްޓި އަމިއްލަ ސޫރަ ބަލާލީމެވެ. އަހަރެން ބައްޕަޔާ ކިހާ ވައްތަރު ހެއްޔެވެ؟ ބޮޑުވިބޮޑުވިހެން އަންނަނީ ބޮޑަށް ވައްތަރުވަމުންނެވެ. އެކަމަކު ބައްޕަޔަށް އެކަން ފާހަގަ ކުރެވުނުބާއެވެ؟ އެކަން ޤަބޫލު ކުރެވުނުބާއެވެ؟ ނޫނީ އަދިވެސް ބައްޕަ މި ޙަޤީޤަތާ ކުރިމަތިލާން ބޭނުން ނުވަނީބާއެވެ؟

-ނުނިމޭ-


Thursday, January 10, 2008

Mamma Dharifulhu Naa Na Naa 17

އެރެއަށްފަހު އަހަރެންގެ ތަންމަތި ފަޅުފިލުވާލަދޭ ބައިވެރިއެއްކަމުގައި ޝާޒިޔާ ވިއެވެ. އޭނާ ކޮންމެ ރެޔަކުހެން ދަންވަރު ގަޑީގައި އަހަރެން ކައިރިއަށް އާދެއެވެ. އަހަރެންނަށް ހަމަޔަށް ނިދި ނުލިބޭން ފެށިއެވެ. ދުވާލު ގަޑީގައި އަހަރެން ހުންނަނީ ނިދި ބޮލަށް އަރާފައެވެ. ކުލާހުގައި ތާޔަށް ޖެހޭގޮތްވެއެވެ.

'ފައުޒީ މިހާރު ހާދަ ފާޑަކަށޭ ތިހުންނަނީ!' އެއްރެޔަކު އިޝާނަމާދަށް ދަމުން މޫސަބޭ އެހިއެވެ. 'ބަލިވެތަ ތި އުޅޭނީ؟'

'ނޫން!' އަހަރެން ބުނީމެވެ.

'މަންމަމެން މަތިން ހަނދާންވަނީ ދޯ؟'

އަހަރެން ޖަވާބެއް ނުދެމެވެ.

'ފައުޒީ ބޭނުމިއްޔާ މޫސަބޭ ގެންގޮސްދީފާނަން ފައުޒީގެ ގެއަށް...' އަހަރެންގެ މޫނަށް ބަލާލަމުން މޫސަބޭ ބުންޏެވެ.

އަހަރެން ދެންވެސް ޖަވާބެއް ނުދެމެވެ.

'ބޭނުންތަ ދާން؟' މޫސަބޭ އެހިއެވެ.

'ނޫން!' އަހަރެން އެގެއަށް ދާކަށް ބޭނުމެއް ނުވެއެވެ. އާއިލާގެ އެންމެން މަތިން ކިތަންމެ ހަނދާންވިޔަސް، އެމީހުން އަހަރެން މަތިން ހަނދާން ނައްތާލާފައި ވާކަން އަހަންނަށް އެނގޭތީއެވެ.

މޫސަބޭއަށް އަހަރެމެންގެ ސިއްރު ފަޅާއަރާފާނެތީ ބިރުގެންނަމަވެސް، ކޮންމެ ރެޔަކު ޝާޒިޔާ އަންނަ ގަޑިއަށް އަހަންނަށް އިންތިޒާރު ކުރެވެން ފެށިއެވެ. ޝާޒިޔާދެކެ ލޯބި ވެވިގެނެއްނޫނެވެ. ގަޔާވާތީއެއްވެސް ނޫނެވެ. ޝާޒިޔާއާއި އެކު ހޭދަކުރާ ވަގުތުކޮޅުގައި އަހަރެންގެ ހަށިގަނޑަށް ލިއްބައިދޭ ލައްޒަތީ އަރާމުގެ ސަބަބުންނެވެ. ޝާޒިޔާ އެހައި ފަލަ ނޫންނަމަ، އަދި ގޭތެރޭގައި ތުއިވެތުއިވެފަ ނޫޅޭނަމަ އަހަރެންނަށް ޝާޒިޔާއާއި ގަޔާ ވެވިއްޖައިހެވެ. އަހަރެން ނިދާ އެނދު ދެމީހުން އަރާ ތިއްބާ ބިންދައިގެން ހިނގައިދާނެ ކަމުގެ ބިރު އަހަރެންނަށް ހީވާން ފެށިއެވެ. އެހެންވެ، ކޮންމެ ރެއަކު ޝަޒިޔާ އައުމުން ކޮޓަރީގެ ތަރުފާލު މައްޗަށް އެނދުގެ ގޮދަޑި ބަދަލު ކޮށްލަނީއެވެ.

ޝާޒިޔާ ކޮންމެ ރެޔަކު އަންނަން ފެށުމުން އަހަރެންނަށް އަންމަޑޭގެ އެހީތެރިކަން ހޯދަން ބޭނުންވިއެވެ. ކަމެއް ގޯސް ވެދާނެތީ އަހަރެން ބިރުގަތީއެވެ. އަހަރެން ރިލުވާނާއި އަންމަޑޭއަށް ޝާޒިޔާގެ ވާހަކަ ކިޔައިދިނީމެވެ.

'ކޭ ތީ ނަސީބު ގަދަ ޅާއެއް އިނގޭ!' އަންމަޑޭ ބުންޏެވެ. 'ގޭތެރޭން ކޭ އަށް ހުރިހާ ކަމެއް ފުދޭގޮތް ވީނު ތި؟'

'ދެންހެޔޮ ދޯ މީހާ ޑަބަލް ބެޑެއްވަރު ވިޔަސް!' ރިލުވާނު ބުންޏެވެ.

'ކަލޯ ރިލޫ... ވަރަށް އަރާމުވާނެ... އެކަހަލަ ޗަބީ ޅާޔަކު އަތު ޖެހުނީމަ ކޭ އަށްވެސް އެނގޭނީ!' އަންމަޑޭ ބުންޏެވެ. 'ނޫންތަ ފައުއްޓޭ؟'

އަހަރެން އާންއެކޭ ބުނުމުގެ ގޮތުން ބޯޖަހާލީމެވެ. އަންމަޑޭ އިތުރަށް އޮޅުން ފިލުވަން ބޭނުންވިއެވެ. ނަމަވެސް އަހަރެން އެ ހުރިހައި ތަފްޞީލު އަންމަޑޭއަށް ކިޔައިދޭކަށް ބޭނުމެއް ނުވިއެވެ.

އަންމަޑޭ އަހަރެންނަށް ކޮންޑޮމް ފޮއްޓެއް ދިނެވެ. އަދި ހުސްވީމަ ބޭނުމިއްޔާ އަންގާލާށޭ ބުންޏެވެ. އަންމަޑޭ އެއެއްޗިހި ހޯދަނީ ކިހިނެއް ކަމެއް ނޭންގެއެވެ. އަހަރެން އެޔެއް އޮޅުން ފިލުވާކަށް ބޭނުމެއްވެސް ނުވެއެވެ.

'އަހަރެން ދެކެ އެއްވެސް ވަރަކަށް ލޯބިވޭތަ؟' އެއްރެއަކު ޝާޒިޔާ އަހަރެން ކައިރީ އެހިއެވެ.

'ލޯބިވުން އެހާ މުޙިއްމުތަ؟' އަހަރެން އެހީމެވެ. 'ޝާޒިޔާ ބޭނުންވާ ކަންތައް ކަންތައް ވަންޏާ އެ ނިމުނީނު.'

'ތިބުނީ ފައޫ ބޭނުމެއް ނުވެޔޭތަ އަހަރެން އަންނާކަށް؟'

'މަށެއް ތިހިނެއް ނުބުނަމެއްނު.'

'އަޅެ ބުނެބަލަ... މަށާ އެއްވެސް ވަރަކަށް ގަޔާވޭތަ؟'

'ކިހިނެއް ހީވަނީ؟' ކޮންޑޮމް ޕެކެޓެއް ކަނޑާލުމަށްފަހު ކޮންޑޮމް ލައްވާލަމުން އަހަރެން ބުނީމެވެ.

ޝާޒިޔާ ހިނިތުން ވެލިއެވެ. 'ހީވަނީ ވާހެން... އެކަމަކު ޔަޤީނެއް ނޫން.'

'ހީވާނީ ރަނގަޅަށް.'

'ފައޫ ލޯބިވާ އެހެން ކުއްޖަކު ހުރޭތަ؟'

'ތިދެން ކޮންވާހަކައެއް؟' ގޮދަޑީގައި އޮށޯވެގެން އޮތް ޝާޒިޔާއާއި ދިމާއަށް ތިރިވެލަމުން އަހަރެން ބުނީމެވެ.

ޝާޒިޔާ އަހަރެންގެ މޭމަތީގައި ފައިތިލް ޖައްސާލިއެވެ. އަދި ތިރިވިޔަ ނުދީ ހިފަހައްޓާލިއެވެ. 'ބުނެބަލަ!'

'ހުރުން އެއީ މައްސަލައެއްތަ؟' އަހަރެން ހިންދެމިލަމުން ބުނީމެވެ.

'އެހެންވީމަ ހުރޭ ދޯ؟.. އެއީ ކޮންނަމެއް ކިޔާ ކުއްޖެއް؟'

އަހަރެން ހިތްހަމަ ނުޖެހޭގޮތް ވިއެވެ. އަހަރެން މީހަކު ދެކެ ލޯބިވިއްޔާ ޝާޒިޔާއަށް ކީއްހެއްޔެވެ؟ އޭނާ ބޭނުންވާ ކަންތައް ވަނިކޮށް އެ ނިމުނީ ނޫން ހެއްޔެވެ؟ އަހަރެން ޝާޒިޔާގެ ކިބައިން ބޭނުންވާހާވެސް އެއްޗަކީ ކޮންމެ ރެއަކު އޭނާ އަންނަ ވަގުތު ކޮޅުގައި އެލިއްބައިދޭ ވަގުތީ އަރާމެވެ. 'ހަމަ ގައިމުވެސް ޝާޒިޔާއެއް ނޫން ކިޔަނީ!'

ޝާޒިޔާ އެއްވެސް އެއްޗެކޭ ނުބުނެ އަހަރެންނާ ދިމާއަށް ބަލަހައްޓައިގެން އޮތެވެ. އޭނާގެ މޫނުމަތިން ހިތްހަމަ ނުޖެހުމުގެ އަސަރު ފެންނަން ހުއްޓެވެ.

'ކިހިނެއްވީ؟' އަހަރެން އެހީމެވެ. 'މަށަކަށް ޝާޒިޔާދެކެ ގަދަކަމުން ލޯތްވެއް ނުވެވޭނެ...'

'އަހަރެން ފަލަވީމަތަ؟' ޝާޒިޔާ އެހިއެވެ.

އަހަރެން ބޯ ހޫރާލީމެވެ.

'ދެން ކީއްވެ؟'

'މަށަކަށް ނޭންގެ.' އަހަރެން ކުޑަކޮށް ރުޅިއަންނަގޮތް ވިއެވެ. 'މިދެން ކޮން ވާހަކައެއް؟.. މަށެއް ބޭނުމެއް ނޫން މިވާހަކަ ދައްކާކަށް.'

'ފައޫ ރުޅިއައީތަ؟' ޝާޒިޔާ ހިނިތުން ވެލަމުން ބުންޏެވެ. ' ފައޫ ރުޅިއައީމް ވަރަށް ލޯބި!.. ހީވަނީ ކިއުޓް ބޭބީއެއްހެން.'

'އެހެންތަ؟.. އަޅެ ބޭބީއެއްނޫންކަން އަންގާލަންތަ؟' އަހަރެން ނުރުހުންވެގެން ހުރެ ބުނީމެވެ. އަދި ޝާޒިޔާއާއި ދިމާއަށް ތިރިވާން ފެށީމެވެ.

'އަޅެ ތިހުރި ކުޅަދާނަކަމެއް ދައްކާލަބަލަ!' ހިނިތުންވެގެން އޮވެ ޝާޒިޔާ ބުންޏެވެ.

އެވަގުތު ސިޓިންގރޫމްގައި މީހަކު އުޅޭހެން އަހަރެންނަށް ހީވިއެވެ. އަހަރެން ކޮޅަށް ތެދުވީމެވެ. އަދި އެއްވެސް އަޑެއް އިވޭތޯ ސަމާލުވެލީމެވެ.

'ކިހިނެއްވީ؟' ޝާޒިޔާ އެހިއެވެ.

'ޝްޝހހ!' އަހަރެން ތުންފަތުގައި ޝާހާދަތް އިނގިލި ޖައްސާލީމެވެ. ޝާޒިޔާ ހަމަހިމޭންވިއެވެ.

ކޮޓަރީގައި ހުރި ފަންކާގެ އަޑާއި އަހަރެންގެ ނޭވާގެ އަޑުނޫން އެހެން އަޑެއް އަހަރެންނަކަށް ނުއިވެއެވެ. ނަމަވެސް މީހަކު އުޅޭތޯ ނޫޅޭތޯ ޔަޤީން ކުރަން އަހަރެން ބޭނުންވިއެވެ. އަހަރެން އަވަސް އަވަހަށް ސޯޓު ލީމެވެ. އަދި ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު އަހަރެން ސިޓިންގރޫމަށް ނުކުތީމެވެ. ސިޓިންގރޫމުގައި ދިއްލާފައި ހުރި ބޮކީގެ ފަނޑު އަލީގެތެރެއިން އަހަރެން ސިޓިންގރޫމަށް ނަޒަރު ހިންގާލީމެވެ. އެވަގުތު އަހަރެންގެ ހިތް ބާރުބާރަށް ތެޅިގަނެގެން ދިޔައެވެ. މޫސަބޭ އާއްމުކޮށް އިށީންދެގެން އިންނަ ސަރަންފީ ގޮނޑީގައި މީހަކު އިށީންދެގެން އިނެވެ. ނަމަވެސް ގޮނޑި ހުރީ އަހަރެންނަށް ފުރަގަސްވާގޮތަށް އަނބުރާލާފައި ކަމަށް ވުމުން އަހަރެންނަށް ފެންނަނީ އެމީހަކުގެ ބޮލުގެ މަތީބައެވެ.

އަހަރެންގެ ހަތަރެސްފައި ފިނިވާގޮތް ވިއެވެ. އެކަމަކުވެސް ދާވެސް ހިއްލަންފެށިއެވެ. ހަދާނެގޮތް ބޮޑުވިއެވެ. އެއީ ކާކުތޯ ބަލަންވެސް ބޭނުންވިއެވެ. އެކަމަކު އެމީހަކަށް އަހަރެންގެ ކޮޓަރީގައި ޝާޒިޔާ އޮތްކަން އެނގޭކަމަށް ވާނަމަ ނުވަތަ އެނގިއްޖެ ނަމަ އަހަރެންގެ ދުވަސް ދިޔައީއެވެ. ހިތަށް ވެރިވެފައިވާ ހާސްކަމާއި ނުތަނަވަސް ކަމުގެ ތެރޭގައިވެސް، އެއީ ކާކުތޯ ބަލާނެ އުކުޅެއް އަހަރެންނަށް ވިސްނުނެވެ. އަހަރެން ކޮޓަރީގެ ދޮރު ބޭރުން ލައްޕާލީމެވެ. އަދި ފެންބޯންކަމަށް ހަދާފައިގޮސް ބަދިގެއަށް ވަނީމެވެ. ބަދިގޭން ނުކުންނަ އިރު އެ ގޮނޑީގައި އިން މީހަކު އިންނާނީ ސީދާ އަހަރެންނަށް ކުރިމަތިވާ ގޮތަށެވެ.

އަހަރެން އައިސް އަލަމާރިން ފެންފުޅިއެއް ނެގީމެވެ އަދި ތައްޓަކަށް ފެންފޮދެއް އެޅުމަށްފަހު، ފެންފޮދު ބޯލީމެވެ. އޭރު އަހަރެންގެ އަތުގައި މަޑުމަޑު ތުރުތުރެއް އުފެދިފައި ހުއްޓެވެ. އަހަރެން ފެންބުއި ތަށި ބެހެއްޓުމަށްފަހު، ބަދިގޭން ނުކުތުމަށްޓަކައި އެނބުރިލީމެވެ. އަދި ސިޓިންގރޫމުގައި އިން ސަރަންފީ ގޮނޑިއަށް ބަލާލީމެވެ.

އެވަގުތު އަހަރެންގެ މެޔަށް ހޫނު ފެންއެއްޗެއް އަޅާލިހެން ހީވިއެވެ. ހަތަރެސްފައި ތުރުތުރު އަޅައިގަނެގެން ދިޔައެވެ. ނޭވާލާން އުނދަގޫވިއެވެ. ކަޅިޖަހާނުލާ އަހަރެންގެ މޫނަށް ބަލަހައްޓައިގެން އެ ސަރަންފީގައި އިނީ.....

-ނުނިމޭ-