Sunday, December 30, 2007

Mamma Dharifulhu Naa Na Naa 16


އެދުވަހުގެ އިރު އޮއްސުނީ އަހަރެންގެ ޙަޔާތުގައި އާ ބާބެއްގެ ފެށުން ގެނެސްދީފައެވެ. އާ ތަޖުރިބާތަކެއް ކުރުވާފައެވެ. އަހަރެން އެދުވަސް މަތިން ދުވަހަކުވެސް ހަނދާން ނުނެތޭނެކަން އަހަރެންނަށް އެނގެއެވެ. އެހުރިހައި ކަމެއް ހިނގާ ދިޔައިރުވެސް އަހަރެންނަށް ހުރެވުނީ ހަމަ ހެޔަކު ނޫނެވެ. ގެއަށް ދިއުމަށްފަހު އަހަރެންނަށް ރޮވުނީ އެހެންވެގެންނެވެ. އަހަރެންނަށް މިކުރެވުނީ ކީއްހެއްޔެވެ؟ އަހަރެންނާ އަންމަޑޭމެންނާ ހުރި ތަފާތަކީ ކޮބައިހެއްޔެވެ؟ މަގުމަތީގައި ވަކަރުގޭ ކުދިންހެން ލާޗާރުބިޗާރަށް ތެޅިއަރުވާ މީހުންނާ އަހަންނާ ހުރި ތަފާތަކީ ކޮބައިހެއްޔެވެ؟ މީގެ ކުރިން ދުވަހަކުވެސް ލޮލުން ދެކެފައިނުވާ އަންހެނަކާއެކު އެފަދަ ގުޅުމެއް ހިންގަން އަހަރެން ޖެހިލުން ނުވީ ކީއްވެހެއްޔެވެ؟ އަމިއްލަ ޙިއްސުތަކުގެ މައްޗަށް އަހަރެންނަށް ބާރު ނުފޯރުވުނީ ކީއްވެޔެއްޔެވެ؟

ލިބިފައިވީ ވަރުބަލިކަމާއެކުވެސް އަހަރެންނަށް އެރޭ ނިދުނީ އެތައް ދަމެއްވީ ފަހުންނެވެ. ބޮޑު ފާފައެއް ކުރެވުނުކަމުގެ އިޙުސާސް އަހަރެން ނިދިން މަޙުރޫމް ކުރުވީއެވެ. އަހަރެންނަށް ކުރެވުނުކުށަށް މަޣުރިބު ނަމާދާއި އިޝާނަމާދުގެ ފަހުގައި ތައުބާވެސްވީމެވެ. އެކަމަކުވެސް ހިތަށް ހަމަޖެހުން ލިބޭގޮތެއް ނުވިއެވެ. އަހަރެން ކޮންމެވެސް މީހަކާއި މިވާހަކަ ދައްކަން ބޭނުންވިއެވެ. ހިތަށް ލިބިފައިވާ ނުތަނަވަސްކަން ފިލާތޯއެވެ. އެކަމަކު މިވާހަކަތައް ދައްކާނީވެސް ކާކު ކައިރީ ހެއްޔެވެ؟ ޝަހޫދައްތަ ކައިރީ ބުނާކަށް ނުކެރޭނެއެވެ. ޝަހޫދައްތަ އަހަރެންނަށް ނަފުރަތު ކޮށްފާނެތީއެވެ. ދޮންބެ ކައިރީގައި މިވާހަކަ ދައްކަން ކެރިއްޖައިހެވެ. އެކަމަކު ދޮންބެވެސް އަހަރެން މަތިން މިހާރު ހަނދާން ނައްތާލައިފިކަން ގައިމެވެ. އަހަރެން މާލޭގައި އުޅޭކަން މިހާރު ދޮންބެއަށް އެނގޭނެކަން ގައިމެވެ. ތުއްތުބޭއަށް ފެނުނު ދުވަހު ތުއްތުބެ ދޮންބެކައިރީގައި ބުނާނެކަން ޔަޤީނެވެ. އެކަމަކުވެސް ދޮންބެ އަހަރެން ހޯދާކަށް ނާދޭނޫންހެއްޔެވެ؟

އަނެއްކާ އަހަރެން ހޯދަން އައުން މަންމަ ދޮންބެއަށް މަނާ ކުރީހެއްޔެވެ؟ މަންމަ އަހަރެންދެކެ އެހާ ރުޅިއެއް އެ އަންނަނީ ކީއްވެގެންކަމެއް އަހަރެންނަކަށް ހަމަ އެއްގޮތަކަށްވެސް ނުވިސްނެއެވެ. މަންމަކައިރީގައި އުޅުނުހައި ދުވަހުވެސް މަންމަގެ ލޯބި ހޯދުމަށްޓަކައި އަހަރެން ނުކުރަނީ ކީތްހެއްޔެވެ؟ ހަނދާން ހުންނަންފެށީއްސުރެވެސް އަހަރެން މަންމަގެ ބަސް އަހަމެވެ. މަންމަ ބުނާ ކަންތައްތައް ކޮއްދެމެވެ. އެކަމަކު ދުވަހަކަ ދުވަހަކަވެސް ދަރިފުޅާއޭ ކިޔާފަ ގޮވާވެސް ނުލައެވެ. ލޯބިން ފިރުމާނުލައެވެ. އަހަރެންގެ ގައިގައި އަތްލަންވެސް މަންމަ ބޭނުން ނުވާކަހަލައެވެ. އަހަރެންނަކީ ނަޖިހުން ތަތްތެޅިފައިވާ މީހެއް ކަހަލައެވެ.

އެރޭ ނިދިޖެހުމާއެކު އަހަރެންނަށް އެއްކަލަ ބިރުވެރި ހުވަފެން ފެނުނެވެ. އެ ހިތަގައިމު ތުނޑިމައްޗެވެ. ހަނދުވަރުގެ ރިހިއަލީގެ ތެރެއިން ޝަހޫދައްތަގެ ކަނދުރާއަށް ބަލަން ހުއްޓާ އަހަރެންގެ ފައި ގަނބަންފެށިއެވެ. އަހަރެން ދުވެފައި އެއްގަމަށް އެރުމުން ދިމާވީ ހަމަ އެ ވަޅުގަނޑުތަކާއެވެ. އެކަމަކު ފަހަތް ބަލާލިއިރު ފަހަތުގައި ހުރީ އެހެން ފަހަރުފަހަރު ހުވަފެނުގައި ފެންނަ މިހާއެއް ނޫނެވެ. އެއީ ކާކުކަން ވަކިކުރަން ނޭންގުނަސް އެހެންރޭރެއަށް ފެންނަ މީހާއަށްވުރެ އޭނާ އެތައް ތަނެއް ބިޔައެވެ. އަހަރެން ކުރިއަށް ދުއަވައިގަތީމެވެ.

'ފައޫ!' އަހަންނަށް ސިއްސައިގެންގޮސް ހޭލެވުނެވެ. އޭރު އަހަރެންގެ މޫނާއި ދިމާއަށް ގުދުވެގެން ޝާޒިޔާ އޮތެވެ. އަހަރެން އަވަސް އަވަހަށް ތެދުވެ އެނދުގައި އިށީންނީމެވެ. ސޯޓެއް އެކަނި ލައިގެން އިންއިރުވެސް ހޫނު ގަދަކަމުންނާ ފެނުނު ހުވަފެނުގެ ސަބަބުން އަހަރެން ވަނީ ދާހިއްލާ ފޯވެފައެވެ.

'ކިހިނެއްވީ؟' އަހަރެން ނިދާބޮކީގެ ފަނޑު އަލީގެތެތެއިން ކޮޓަރީގެ ފާރުގައި ހުރި ގަޑިއަށް ބަލާލަމުން ބުނީމެވެ. އޭރު ގަޑިން މެންދަމުން އަލިވެ ތިނެއް ޖަހަން އުޅެނީއެވެ. 'ކީއްކުރަން މިގަޑީގަ ތިއައީ؟'

'މަށަށް އެނގޭ ފައޫ މިއަދު ދިޔަތަން.' ވަރަށް ހަރު ގޮތަކަށް ޝާޒިޔާ ބުނެލިއެވެ.

'އުނ؟' އަހަރެން ހައިރާންވިއެވެ. އަދި ކުޑަކޮށް ޖެހިލުނަވާގޮތް ވިއެވެ. 'ކޮންތާކަށް؟' އަހަރެންނަށް އަހާލެވުނެވެ.

ޝާޒިޔާ އަހަރެންނާ ދިމާއަށް އަތްދިއްކޮށްލުމަށްފަހު ލައްޕާފައިވާ މުއް ހުޅުވާލިއެވެ. މުށުތެރޭގައި ކޮންޑޮމް ޕެކެޓެއް އޮތެވެ.

އަހަރެންގެ ހިތް ބާރުބާރަށް ތެޅިގަތެވެ. އެއީ އަހަރެން ގެއަށް އަންނަން އުޅެނިކޮށް އަހަރެންގެ ފަޓުލޫނުގެ ޖީބަށް އަންމަޑޭ ލީ ކޮންޑޮމް ޕެކެޓެކެވެ. 'ފަހުން ބޭނުން ޖެހޭނެ!' އަންމަޑޭ ބުންޏެވެ. އަހަރެން ހުރީ ގެއަށް ވަނުމުގެ ކުރިން ކޮންމެވެސް ތަނަކަށް އެ އެއްލާލުމަށް ވިސްނައިގެނެވެ. އެކަމަކު އަހަރެންނަށް ކުރެވުނު ކުށާމެދު ވިސްނުނު ވަރުން އެކަން ކުރުމަށް ހަނދާންނެތުނީއެވެ.

'ކީއްކުރަން މަގޭ އެއްޗިހި ހާވަނީ؟' އަހަރެން ބިރުގެންފައިވާކަން ފޮރުވުމުގެ ގޮތުން ރުޅިއައި ކަމަށް ހެދީމެވެ.

'ހާދަ ރުޅިއައީ!' ޝާޒިޔާ ބުނެލިއެވެ. 'މަށެއް އެއްވެސް މީހެއް ކައިރީގަ ނުބުނާނަމޭ.'

އަހަރެން ޝާޒިޔާގެ މޫނަށް ބަލާލީމެވެ. އޭނާގެ މޫނުމަތީގައި ވަނީ 'ބާރު އޮތީ އަހަރެންގެ އަތުގައޭ' ބުނާކަހަލަ ހިނިތުންވުމެކެވެ.

'އެކަމަކު ފައޫ ބޭނުމިއްޔާ ބައްފަކައިރީ ބުނެދީފާނަން!'

އަހަރެންގެ ހިތަށް ހީވީ ހޫނު ފެންއެއްޗެއް އަޅާލިހެންނެވެ. މޫސަބޭއަށް އަހަރެން ކުރި ފާފަ އެނގިއްޖެއްޔާ އަހަރެން އެގެއިން ނުކުމެގެން ދާން ޖެހޭނެކަން އަހަރެންނަށް އެނގެއެވެ. މޫސަބޭއަކީ ވަރަށް އަޅުވެރި އަޤީދާ ވަރުގަދަ މީހެކެވެ. އަހަރެންކަހަލަ ފާފަވެރިއަކު އެގޭގެ ފުރާޅުދަށުގައި އުޅޭކަށް މޫސަބޭ ބޭނުމެއް ނުވާނެއެވެ. އެކަމަކު މޫސަބޭ ކައިރީ ނުބުނާށޭ ބުނެ ޝާޒިޔާއަށް އާދޭސް ކުރާކަށްވެސް އަހަރެން ބޭނުމެއް ނުވިއެވެ.

'ކީކޭ ބުނާނީ؟' އަހަރެން އެހީމެވެ.

'ކީކޭ ބުނަންވީ؟' ޝާޒިޔާވެސް ކުރީ ސުވާލެކެވެ. އޭނާގެ އަޑުގައާއި ވާހަކަ ދެއްކުމުގެ ރާގުގައިވެސް ހަރު ގޮތެއް ހުއްޓެވެ. އެހެންޏާ އެހުންނަ ތުއި ގޮތްގަނޑު މިހާރު އެއްވެސް ވަރަކަށް ނެތެވެ. 'ބުނެދީފާނަން ފައޫ ބައްޕައަށް ދޮގުހަދާފަ ބިޓެއްކައިރިއަށް ދިޔަވާހަކަޔާ... ކޮންޑޮމް ގެންގުޅޭ ވާހަކަޔާ... އަދިވެސް...'

އަހަރެން ޝާޒިޔާގެ މޫނަށް ބަލަހައްޓައިގެން އިނީމެވެ. އޭނާއަށް މޫސަބޭކައިރީ އެވާހަކަތައް ދައްކަން ކެރޭނެކަމާމެދު އަހަރެންނަށް ޝައްކެވެ.

'ކިހިނެއްވީ؟.. މަށަށް ނުކެރޭނެހެން ހީވަނީތަ؟' ޝާޒިޔާ އެހިއެވެ. 'މަށެއް ނުބުނާނަމޭ ކޮންޑޮމް ދެންގުޅެއެކޭ... މަ ބައްޕަކައިރީ އަހާނީ މީ ކޮންއެއްޗެއްހޭ.' އޭނާ ނުލަފާ ފާޑަކަށް ހިނިތުންވެލިއެވެ.

'އެ ކީއްވެ؟' އަހަރެން އެހީމެވެ. ޝަޒިޔާއަށް އޮޅުވާ ނުލެވޭނެކަން އަހަރެންނަށް އެނގުނެވެ.

'އެކީއްވެ ކޮންކަމެއް؟' ޝާޒިޔާވެސް އެހިއެވެ.

'ޝާޒިޔާ ކީއްވެ އަހަރެންގެ ވާހަކަ ބައްޕަ ކައިރީ ބުނަން ތިއުޅެނީ؟.. އަހަރެން ފަޅާއަރުވާލައިގެން ޝާޒިޔާއަށް ކޯއްޗެއް ލިބޭނީ؟' ޝާޒިޔާ އެވާހަކަތައް މޫސަބޭ ކައިރީ ނުބުނާނެ ގޮތެއް ވޭތޯ އަހަރެން މަސައްކަތް ފެށީމެވެ.

'ފަޅާއަރުވާލައިގެން އެއްޗެއް ނުލިބޭނެ.' ޝާޒިޔާ ބުންޏެވެ. 'އެކަމަކު ފަޅާ އަރުވާނުލާ އެއްޗެއް ލިބެންޏާ ފަޅާ އަރުވައެއް ނުލާނަން.'

'އެ ކޯއްޗެއް؟' އަހަރެން އެހީމެވެ.

'ހަމަގައިމުވެސް ފައުޒީއަށް ދެވޭވަރުގެ އެއްޗެއް.' ޝަޒިޔާ ލާނެއް ގޮތަކަށް ބުނެލިއެވެ.

'އަހަރެން އަތަކު ނުހުންނާނެ މާގިނަ އެއްޗިއްސެއް ދޭކަށް.' ޝަޒިޔާ އެދައްކަން އުޅެނީ ކޮންވާހަކައެއްކަން އެންގިހުރެވެސް އަހަރެން ނޭންގޭ ކަމަށް ހެދީމެވެ.

އަހރެންކައިރިން އެނދުގައި ޝާޒިޔާ އިށީންނިއެވެ. 'އަހަރެން މިދައްކަނީ ނެތް އެއްޗިހީގެ ވާހަކައެއް ނޫނޭ...' އަހަރެންގެ ފައިގެ ފަލަމަސްގަނޑުގައި އަތްލަމުން ޝާޒިޔާ ބުންޏެވެ. 'މިދައްކަނީ ފައޫ އަތުގަ ހުރި އެއްޗިހީގެ ވާހަކައޭ.'

އަހަރެން ޝާޒިޔާގެ އަތް ފޮޅުވާލީމެވެ. 'ތި ކޮންކަމެއް؟' އަހަރެން ބުނީމެވެ.

ަފޫ ބޭނުންވަނީ ބައްޕައަށް އެނގެންތަ ނޫނީ ސިއްރުކުރަންތަ؟' އަނެއްކާވެސް އަހަރެންގެ ފައިގައި އަތްލަމުން ޝާޒިޔާ ބުންޏެވެ. އަހަރެން އިންތިހާއަށް ރުޅި އަންނަގޮތްވިއެވެ. ޝަޒިޔާގެ މޫނުމަތީގައި އެތިފަހަރެއް ޖަހާފާނަމޭ ހިތަށް އެރިއެވެ. އެކަމަކު އެހެން ހެދުމަށްފަހު އަހަރެން ގޮސް ވަންނާނީ ވަކި ކޮންތަނަކަށް ހެއްޔެވެ؟

ޝާޒިޔާ މަޑުމަޑުން އަހަރެންގެ ފައިގައި އަތް އުނގުޅަމުންގޮސް، އަހަރެން ލައިގެންއިން ސޯޓުގެ ފައިކުރީގެ އެތެރެއަށް އަތްލިއެވެ. އަހަރެން ލޯމަރާލީމެވެ. ހެދޭނޭ މާގިނަ ގޮތްތަކެއް ނެތެވެ. އެއްގޮތަކީ ޝާޒިޔާ ބޭނުން ގޮތަކަށް ކަންތައް ކުރުމަށް ފުރުޞަތު ދިނުމެވެ. އަނެއްގޮތަކީ އެގެއިން ނުކުމެގެން ދާންޖެހުމެވެ.

އަހަރެން މަޑުމަޑުން އެނދުގައި އޮށޯވެލީމެވެ.

-ނުނިމޭ-


1 comment:

Mulhadhevi said...

mathimachah dho hama....aaaaaaahhhh..haadhamajaley dho fauzee ah mihaaru...kihaavarakun baa dhaany? v v v avas update beynun ingey munchy.